މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް
މިނިސްޓަރު އަހުމަދު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް
ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް
ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ޓްރަމްޕަށް ފާޑުވިދާޅުވެ ސިއްދީޤު ވާހަކަ
ދައްކަވާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުތަކެއްގައެވެ. އެގޮތުން ޓްރަމްޕާއި އިޒްރޭލުގެ
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއެއް ހިއްސާކުރައްވައި ސިއްދީޤު ވަނީ މީހުން
ވަގަށްނަގާ މީހުންނާއި، ފޭރޭ މީހުންނާއި، ގޭންގުތަކަށް ޚަރަދުކުރާ މީހުންނާއި،
ޓެރަރިސްޓުންނާއި ، ޤަތުލުޢާއްމު ހިންގާ މުޖުރިމުންނާއި، ކުޑަކުދިންނާ
ޖިންސީގުޅުން ހިންގާ މީހުންނާއި، ގައުމުތައް އަޅުވެތި ކުރާ މީހުން ދުނިޔޭގެ އެހެން
ގައުމުތަކަށް ބަސްބުނަން ތިބޭނަމަ، ބައިނަލްއަޤްވާމީ ގާނޫނެއް ބޭނުމެއް ނުވާނެކަން
އެންމެނަށް އިނގޭނެކަމަށް ވިދާޅުވެފައެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް
ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އިތުރަށް ވިދާޅުވީ، އެމެރިކާއިން ދުނިޔޭގައި
ހިންގާ ގޮށްމުށުގެ ބާރާއި ދެކޮޅަށް ތެދުވެ ބަސްބުނުމަކީ ކޮންމެ މީހަކުމެ ކުރަން
ޖެހޭކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ގައުމުތަކުގެ ވެރިން މެރުމަކީ އެމެރިކާއަށް "ފަތްލިޔެދީފަ
އޮތް ކަމެއް ހެން" ހީވާ ކަމަށެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު ސިފަ ކުރެއްވި ގޮތުގައި ދިރިހުރުމަކީ
އެމެރިކާއާ ދެކޮޅު މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށްވެސް އެމީހުން
ދެކެއެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އިރާނަށް
ދެމުންދާ ޙަމަލާތައް މި ސަރުކާރުން ކުށްވެރި ކުރުމަށް ބަހަނާ ދައްކަމުން ދިޔަ
ނަމަވެސް ސިއްދީޤު ވަނީ އިރާނުގެ ދިފާއުގައިވެސް ވާހަކަ ދައްކަވާފައެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

އެމީހުން ނަމާދުކުރޭ. ޒަކާތް ނެރޭ. ޤުރުއާން ކިޔަވާ. ﷲގެ ހުކުމަށް ޙުކުމްކުރޭ. އެމީހުންގެ ތެރޭގައި އަހަރުމެންގެ އިޢުތިޤާދު އާ ޚިލާފް ބަޔަކު އުޅުމަކީ، މުޅިދައުލަތް ކާފަރު ކުރަންޖޭ ސަބަބެއް ނޫން.
ހޯމްލޭންޑް ސެކިއުރިޓީ  ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު

ސިއްދީޤު ވިދާޅުވީ، އީރާނުގެ ސަރުކާރަކީ މުސްލިމު
ސަރުކާރެއް ކަމަށާއި، އެއީ އަނިޔާ ލިބެނުންދާ މުސްލިމުން ކަމަށެވެ.