ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، 19 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 01:15 ހާއިރު އެވެ. 

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށާއި، އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

މި ހާދިސާ ހިނގިއިރު އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހުންނާއެކު ޖުމްލަ ހަތް މީހުން ތިއްބެވެ. މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުންނެވެ. ބާކީ ތިބި މީހުން ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއަރމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ހިމެނެ އެވެ. އޭނާއަށް ކުދިކުދި އަނިޔާ ލިބިފައިވާތީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައިވާ ކަމަށާއި، ގޯތަމް ސްޓޭބަލް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

ދެތެރެދޭތެރެއިން ކަނޑުމަތީގެ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައި މީހުން ކަނޑަށް ގެއްލިފައިވެ އެވެ.