އައްޑޫ ސިޓީއަށް ވައިގެ މަގުން 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރު ކުރި 2 މީހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރު ކުރި 2 މީހުން

މީގެ ތެރެއިން އައްޑޫ ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މާޗު މަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ.

މާޗު 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87 ރަބަރު ޕެކެޓު ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރު ކުރި 2 މީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރު ކުރި 2 މީހުން

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ) އެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި 2 މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.