ފުލޫނިއާ މަގުގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.

ވީޑިއޯ އިން ފެންނަގޮތުގައި ކުރީގެ ޑުރަގް ކޯޓު ކައިރީ ހުރި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.

އެމްއެންޑީއެފުން ބުނީ، މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ފަރާރުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމުގަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ދައުރުވަމުންދާ ބައެއް ވީޑީއޯ އިން ފެންނަ ގޮތުގައި އަނިޔާވެގެން ބައެއް މީހުހުން އުފުލާ މަންޒަރުފެނެ އެވެ.