ހުޅުމާލެ އިން އެއާޕޯޓަށް ދިއުމަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް ފުރޮޅާލައިފި އެވެ. 

ފުލުހުން ބުނީ ހުޅުމާލެއިން އެއާޕޯޓަށް ދިއުމަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުރި ފެންސް ގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.  

ފުލުހުން ބުނީ މި އެކްސިޑެންޓް ގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އެ ދެމީހުންނަށް ވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މި މަހުގެ 7 ވަނަ ދުވަހު ވެސް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. 

ދެ ކާރާއި 2 ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.