ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަށް ނަގާ ރެފަރެންޑަމް ވޯޓާ ގުޅިގެން މައުލޫމާތު ދިނުމަށް
ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އެމްޑީޕީން އެތަނަށް ދިއުމުން،
ބައްދަލު ކުރާނެ މީހަކު ނުވިއެވެ.
އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިޔައީ އެ
ކަންބޮޑުވުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނާވެސް ހިއްސާ ކުރުމަށް ފަހުއެވެ.
އެގޮތުން ހޯމަ ދުވަހު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިޔައީ ދުރާލާ ސިޓީވެސް
ފޮނުވުމަށްފަހުއެވެ. އެ ސިޓީގައި އެމްޑީޕީން އެދިފައި އޮތީ ދައުލަތުގެ މީޑިއާ
ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝަކީބުއާ ބައްދަލު ކުރުމަށެވެ.
އެހެންނަމަވެސް އެމްޑީޕީން ދިއުމުން ޕީއެސްއެމްއިން
ވަނީ ޝަކީބު މާލޭގައި ނެތްކަމަށް ބުނެފައެވެ. އެހެންވެ އެމްޑީޕީން އެދުނީ
ޕީއެސްއެމްގެ އިސް ބޭފުޅަކާ ބައްދަލު ކުރުމަށެވެ.
އެހެންނަމަވެސް ބަންދު ދުވަހެއްކަމަށް ބުނެ
އެމްޑީޕީގެ ބޭފުޅުންނާ ބައްދަލު ކުރާނެ މީހަކު ހަމައެއް ނުޖެހުނެވެ. އެކަމާ
ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އެތަނުގައި ތިބެ އަޑުއުފުލައި އިހުތިޖާޖުވެސް
ކޮށްފައެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ދައުލަތުގެ މީޑިއާއިން އެންމެ
ކުޑަމިނުން ބައްދަލު ކުރާނެ ބޭފުޅަކު ހުންނަންވާނެކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައި ވެއެވެ.

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް
މި އިންތިޚާބަށް ހޭލުންތެރި ކުރުވުމަށްޓަކައި
ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި، މުޅިންވެސް ފެންނަނީ
ސަރުކާރުގެ އެކި ބޭފުޅުންނަށް ފުރުސަތުތައް ދެމުންދާ މަންޒަރުކަމަށް ބުނެ
އެމްޑީޕީން މީގެ ކުރިންވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.