ޚަރަދު ކުޑަކުރަން މަސައްކަތް ކުރަމުންދާ  ބުނުމަށް ފަހު ސަރުކާރުން އިއުލާން ކުރި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާތަކަށް މަހަކު 1.6 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭނެ ކަން ހާމަވެއްޖެ އެވެ.

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ސަރުކާރުން އިއުލާންކޮށްފައި ވަނީ ކައުންސިލް އިންތިޚާބަށް ކުޑަތަންވެފައި ވުމުގެ އިތުރުން މެދުއިރުމަތީގައި ހަނގުރާމަ އެއް ފެށި ގައުމުތަކުން އިންތިހާ އަށް ޚަރަދު ކުޑަކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!
Raajje.mv

އާރްޑީސީގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، އިއުލާނުގައި އޮތީ މަސައްކަތްކުރަންޖެހޭ ތަން ބަދަލުވެދާނެކަމަށް!

އާރްޑީސީ އަށް އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ނަގަނީ ހއ.އުލިގަމުންނެވެ. އެއީ 50 ވަރަކަށް މުވައްޒަފުންނެވެ. މީގެ އިތުރުން އއ.ރަސްދޫ އިން 42 މުވައްޒަފުން ނަގާ އިރު ކ.ކާށިދޫ އިން 24 މީހުން އަދި ޅ.ނައިފަރުން 12 އަދި ތ.މަޑިފުށިން 13 މުވައްޒަފުން ނަގަން އިއުލާންކޮށްފައިވެ އެވެ. އަދި މިލަދޫގައި 32 މުވައްޒަފުންނާއި ޅ.ހިންނަވަރުން 1 މުވައްޒަފަކު ނެގުމަށް ވަނީ ނިންމާފަ އެވެ. 

މި އަދަދުތަކަށް ބަލާ ނަމަ އުލިގަމުން އެކަނި އަލަށް ނަގާ މުވައްޒަފުންގެ މުސާރަ އަށް މަހެއްގެ މައްޗަށް 499،400 ރުފިޔާ ހޭދަކުރާނެ އެވެ. އަދި ރަސްދޫގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 419،400 ރުފިޔާ ހޭދަ ކުރާނެ އެވެ. އަދި ކާށިދޫގައި 217،000، ނައިފަރުގައި 115،000 ރުފިޔާ ، މަޑިފުށީގައި 105،000 ރުފިޔާ އަދި މިލަދޫގައި 310،000 ރުފިޔާ ހޭދަކުރާ އިރު ހިންނަވަރުން ނަގާ މުވައްޒަފަށް މަހެއްގެ މައްޗަށް 9000 ރުފިޔާ ހޭދަ ކުރާނެ އެވެ.

މި ދަނޑިވަޅުގައި ގައުމުތަކުން ދުރާލާ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅާ، އާ މުވައްޒަފުން ނެގުން މަޑުޖައްސާލަމުން ދާއިރު ސަރުކާރުން މިފަދަ ކަންކަން ކުރަމުން ދަނީ ޚަރަދު ކުޑަކުރުމުގައި ސީރިއަސްކަމެއް ނެތުމުން ކަމަށް ފާޑު ކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.