އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި ފަސްމީހަކު މަރުވެއްޖެ އެވެ.
ހާދިސާ ހިނގާފައިވަނީ ބިދޭސީން ދިރި އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ކަމަށާއި ހާދިސާގައި މަރުވެފައިވަނީ މުޅިން ވެސް ބިދޭސީން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހުކުރުވިލޭރޭ މެންދަމުން އަލިވިފަހުން ހިނގި މި ނުރައްކާތެރި ހާދިސާ ގައި ތިން މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ސީރިއަސް އަނިޔާތައް ލިބުނު މީހުންނަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.
ސޯޝަލް މީޑިއާ ގައި އާންމުވެފައިވާ މަންޒަރުތަކުން އިމާރާތުގައި ރޯވި އަލިފާންގަނޑު އިމާރާތުގެ މަތިން ފެންނަން ހުއްޓެވެ.
ހާދިސާ ހިނގި ސަބަބެއް ރަސްމީ ގޮތުން އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވާއިރު، އިމާރާތުގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލޭ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.