ރެފަރެންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި
ކުރުވުމަށް ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭކަމަށާއި،
އެކަމާމެދު "ގިލްޓީ ފީލްވާކަމަށް" އިލެކްޝަންސް ކޮމިޝަނުން މިއަދު
އެއްބަސްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު
ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެމްޑީޕީން
އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު
"ރާއްޖެޓީވީއަށް" ދެއްވި އިންޓަވިއުއެއްގައެވެ.
ޔައުޤޫބް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ވަރަށް
ގިނަ ކަންކަން ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަމަށް
ކޮމިޝަނުގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ޔައުޤޫބު
ފާހަގަ ކުރެއްވީ ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ ތްރެޝްހޯލްޑަށް އައި
ބަދަލެވެ. އެގޮތުން އޭނާ ވިދާޅުވީ، އެ އަދަދު ބަދަލުވި ސަބަބާއި، ބަދަލުކުރުމުގައި
ބަލާފައިވާ ކަންކަމަށް ކޮމިޝަނުން ޖަވާބެއް ނުލިބުނު ކަމަށެވެ.
ޔައުޤޫބު ވިދާޅުވި ގޮތުގައި އެމްޑީޕީގެ
ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮމިޝަނުން މަސައްކަތް ކުރީ
ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ދިގުމިން ހަނދާން ކޮށްދިނުމަށެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި ކޮންމެވެސް އެހެން ދިމާއަކަށް ވާހަކަ ގެންދަމުން ގެންދަމުން ގޮސްފައި، އިރުއިރުކޮޅާ އަޅުގަނޑުމެންނަށް ރިމައިންޑް ކުރައްވަމުން ގެންދެވީ ބައްދަލުވުމުގެ ވަގުތަކީ 1 ގަޑިއިރޭރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
ޔައުޤޫބް ވިދާޅުވީ، ކޮމިޝަނުގެ ފަރާތުން ހަގީގަތުގައި ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް ކޮމިޝަނުގެ ރައީސްވެސް މިއަދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
މިއަދު ހަމަ ވަރަށް ސާފު އިބާރާތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި، ރައީސް އެއްބަސްވެވަޑައިގެންނެވި ތިމަންމެން މި ކޮމިޝަނުގެ ފަރާތުން ހަގީގަތުގައި ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމާއި، އެކަމަށް ތިމަން މަނިކުފާނު ގިލްޓީ ފީލްވާކަމަށް، ވަރަށް ސާފުކޮށް ވިދާޅުވިރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
ޔައުޤޫބު އިތުރަށް ވިދާޅުވީ، ޕާޓީތަކާ ބައްދަލުކުރެއްވުމަށް
ވުރެ ގިނައިން ކޮމިޝަނުގެ ރައީސް ބައްދަލު ކުރައްވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާ
ކަމަށެވެ. އަދި ވިދާޅުވީ، ކޮމިޝަނަށް އިންތިހާ ނުފޫޒު އޮތްކަން
ފެނިގެންދާކަމަށެވެ.