އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި
ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް
މިންވަރުކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)
ވިދާޅުވެއްޖެއެވެ.
ޝިއްޕެ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު
"ރާއްޖެޓީވީއަށް" ދެއްވި އިންޓަވިއުއެއްގައެވެ.
ޝިއްޕެ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނާއެކު
ބޭއްވި ބައްދަލުކުރެއްވުމުގައި އެންމެ ބޮޑަށް ފާހަގަވީ އެބޭފުޅުންގެ ނިޔަތް
ރަނގަޅު ނަމަވެސް، މަސައްކަތް ކުރުމަށް ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން
ކަމަށެވެ. އެގޮތުން މިހާރު އޮތް ނިޒާމަކީ ރާއްޖޭގެ ރައްޔިތުން ބުރަ މަސައްކަތް
ކޮށްގެން ގެނެސްފައިވާ ނިޒާމެއްކަން އެބޭފުޅުންވެސް ޤަބޫލު ކުރައްވާކަމަށް ޝިއްޕެ
ވިދާޅުވިއެވެ.
ވަރަށް ދެރަ އިނގޭތޯ. އަޅުގަނޑުމެންގެ މި މީޓިންގައިވެސް އެންމެ ބޮޑަށް ފާހަގަވި ކަމަކީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިޔަސް އަދި ބޭފުޅުން ވެސް ވަރަށް ނިޔަތް ރަނގަޅު. އެހެންނަމަވެސް، އެ ބޭފުޅުން މި ވަގުތު މަސައްކަތްކުރަންޖެހިފައި އޮތް ގޮތުން އެ ބޭފުޅުންނަށް ވަރަށް ދަތި ހުރިކަން އަޅުގަނޑުމެންނަށް އިހުސާސްވީ އިނގޭތޯ. ތި ވިދާޅުވީ ރަނގަޅަށް، އެ ބޭފުޅުންނަށް ވެސް އެބަ އެނގޭ މި ރާއްޖޭގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ގެނައި ނިޒާމެއްކަން އިނގޭތޯ. މިވަގުތު ހޯދާފައި އޮތް ޤާނޫނުއަސާސީ ވެސް އަދި މިނިވަން މުއައްސަސާތައް ވެސް އެކަމަކު އެ މުޅި ނިޒާމާއި އެ މުޅި ޑިމޮކްރެޓިކް ޕްރޮސެސް އަޅުގަނޑުމެންގެ އަތުން ބޭއްވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުންގައިވެސް އެބަހުރި.އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)
ޝިއްޕެ އިތުރަށް ވިދާޅުވީ، މި ކަންބޮޑުވުންތަކާއެކުވެސް
އެމްޑީޕީން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުން ރަނގަޅު ނަތީޖާތަކެއް
ނެރެވިދާނެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ، ކޮމިޝަން މިވަގުތު
އޮތްގޮތާއި، ކޮމިޝަނުގެ ވިސްނުން މިއަދު ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ
ކަމަށެވެ. އެގޮތުން ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތްކަން މި ބައްދަލުވުމުން
ހާމަވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ދެން އިލެކްޝަންސް ކޮމިޝަން މި ވަގުތު އޮތް ގޮތް އެ ބޭފުޅުންގެ ބަސްމަގުން ހަމަ ރީއްޗަށް ސާފުވެއްޖެ. ސަރުކާރުގެ ނުފޫޒު އިންތިހާއަށް ބޮޑު. އިންތިހާއަށް ބޮޑު އިނގޭތޯ. އެހެންވީމާ، ސަރުކާރުގެ ނުފޫޒުން ބޭރުން އެ ބޭފުޅުން ކިރިޔާވެސް ކުރެވޭ ކަމެއް އެ ބޭފުޅުން ކޮށްދޭނެކަމެއް އެ ބޭފުޅުން ވިދާޅުވަނީ. ދެ ހިންގަވާ ބަލަމާ.އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)
އެމްޑީޕީން ގެންދަނީ މި އިންތިޚާބަށް
ރައްޔިތުން ހޭލުންތެރި ކުރުވުމަށް ޖަލްސާތަކުގެ އިތުރުން ޕިކަޕް ބުރުތައްވެސް ބާއްވަމުންނެވެ.