ހިޔާ ފްލެޓުގެ ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތީ
ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.

އެތަނުގައި ދިރިއުޅޭ ފަރާތްތަކުން
"ރާއްޖެއެމްވީއަށް" މައުލޫމާތު ދިން ގޮތުގައި މި މައްސަލަ މިފަހަކަށް
އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބައެއް ފަހަރު މައްސަލަ ޙައްލު
ނުވެ ދެތިން ދުވަސް ވެސް ވާކަމަށް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ކިޔާދިނެވެ.

ހިޔާ ފްލެޓުގެ ޓަވަރު 2 ގައި ދިރިއުޅޭ ބައެއް ފަރާތްތަކުން
މައުލޫމާތު ދިން ގޮތުގައި ލިފްޓުތަކުގައި މައްސަލަތައް ދިމާވާތީ ބާރު ބޮޑުވާ
ގަޑިތަކުގައި ލިފްޓުގެ ކިއޫ ސަރަޙައްދުގައި ތޮއްޖެހުން އިތުރުވުމާއި،
ކުޑަކުދިންނާއި ބަލި މީހުންނަށް އެތައް ތަކުލީފުތަކާ ކުރިމަތިވުން ވަނީ
އިތުރުވެފައެވެ. އަދި އެކަމުގެ ޝަކުވާ ކުރިނަމަވެސް މިހާތަނަށްވެސް އެދެވޭ ޙައްލެއް
ލިބިފައިނުވާކަން އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އެތައް ބަޔަކު ދިރިއުޅޭއިރު ލިފްޓުގެ މައްސަލަތައް ދިމާވާތީ ގިނަ ބަޔަކު ޝަކުވާ ކުރޭ
އެންމެ ފަހުން މި މައްސަލަތައް ދިމާވާން ފެށިތާ
މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބައެއް ފަހަރު ލިފްޓްތައް ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން ބަޔަކު ފިތީމަ، ގްރައުންޑްގައި ހުރެގެން ކިތަންމެ ވަރަކަށް ފިތިޔަސް ލިފްޓް ނުހުޅުވި އެބަހުރޭ އެތައް އިރަކު، އެހެންވުމުގެ ސަބަބުން ގަޑިއަށް ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް ވަރަށް އުނދަގޫތައް ދިމާވޭހިޔާ ފްލެޓުގެ ޓަވަރު 2 ގައި ދިރިއުޅޭ ފަރާތެއް

ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ
ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް
އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް
މީގެ ކުރިން އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި އަލަށް ހަރުކުރާ 32 ލިފްޓަށް
18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ޚަރަދުވެއެވެ.