ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި އެވެ.

މި ލަވަ ލޯންޗްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ އިން އާޓިފިޝަލް ބީޗްގައި ބޭއްވި މާލޭ ސިޓީގެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައެވެ.

ލަވައިގައި ގެނެސްދީފައިވާ ވާހަކަތަކުގެ ތެރޭގައި ގައުމުގެ މިހާރުގެ ހާލަތާއި، ގައުމު ކުރިއަރުވަން އެންމެން އެކުގައި ކެރިގެން ނުކުތުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެ އެވެ.

 އާމިރު ސަލީމް (ހޯރަފުށި)ގެ ޅެމަކަށް ތައްޔާރުކޮށްފައިވާ މި ލަވަ ޑައިރެކްޓްކޮށް އެޑިޓް ކޮށްފައި ވަނީ ރަވީ ފާރޫގު އެވެ.

މި ލަވައިން ފެނިގެންދާ މަންޒަރުތަކުގެ ތެރޭގައި ކުރީގެ މުޒާހަރާތަކާއި އެމްޑީޕީގެ އެއްވުންތަކުގެ މަންޒަފުތައް ފެނެ އެވެ. މީގެ އިތުރުން މި ލަވައިން ފެނިގެން ދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނެވެ.

މި ލަވައިގެ ތަފާތު ކަމާއި، ޅެމުގެ އިތުރުން ވީޑިއޯގްރަފީ އަށް އާއްމުންގެ ތައުރީފް ވަނީ ލިބިފަ އެވެ. އަދި މީސްމީޑީއާގައި މި ލަވަ އަށް ހޫނު ތަރުޚީބެއް ލިބެމުންދާކަން ފާހަގަކުރެވެ އެވެ.