ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ
ބަދަލުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ނުވަތަ ޕީއެންސީގެ ރެޕްރެޒެންޓޭޓިވެއް
އިންނެވިޔަސް މާ ރަނގަޅުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު
ދީދީ ވިދާޅުވެއްޖެއެވެ.

"ދެ
އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ
ކުރިން ރައީސް ޑރ މުޙައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން
ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެއިން އެއްވެސް
ބައްދަލުވުމެއްގައިވެސް ދެ އިންތިޚާބު ވަކިން ކުރިއަށްދާތީ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުމެއް
ފާޅުކޮށްފައިނުވާ ކަމަށެވެ.

ހަމަ އަމިއްލަފުޅަށް ނިންމަވާ ނިންމެވުމެއް މިއީ، އެއްވެސް ގޮތަކަށް މީހަކު އެދިގެންނެއް ނޫން
އެމްޑީޕީ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

މާރިޔާ
ވިދާޅުވީ، ޕީއެންސީގެ އެތައް މަންދޫބެއްނެއް މަޖިލީހުގައި އެބަތިބި ކަމަށާއި،
ނަމެއްގައި މަޖިލީހުގައި މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް މުއިއްޒު ނުވަތަ
ޕީއެންސީގެ ރިޕްރެޒެންޓޭޓިވްއެއް މަޖިލީހުގައި އިންނެވިޔަސް މާ ރަނގަޅުވާނެ ކަމަށެވެ.

މީގެ
އިތުރުން، ރައީސް މުއިއްޒަކީ އެއްވެސް އިރެއްގައި ޚަރަދަށް ބެއްލެވި ބޭފުޅެއް
ނޫންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ޚަރަދު ކުޑަކުރަން ބޭނުންވާނަމަ މިހާރުވެސް
ކުރެވޭނެ އެތައް ކަމެއް އެބަހުރިކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު ވަކިން އޮތުމުން ރައްޔިތުންނަށްވެސް އެ އިރެއްގައި އޮންނަ ވެރިކަމެއް ވަޒަން ކޮށްލުމަށް ފުރުސަތު ލިބިގެންދާ ކަމަށެވެ. 

މީގެ އިތުރުން، މިއަދު
ފެންނަނީ ރައްޔިތުން އަޅުވެތިކުރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާތަން
ކަމަށް މާރިޔާ ވިދާޅުވި އެވެ. އެއާއި ޚިލާފަަށް އެމްޑީޕީ އިން މަސައްކަތް ކުރީ
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ކަމަށް
މާރިޔާ ވަނީ ވިދާޅުވެފަ އެވެ.