ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ދިވެހި އެމްބަސީތަކަށް
އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި، ނަމަވެސް
އެމްބަސީތަކާއި ހައިކޮމިޝަންތަކުން ކުރާ މަސައްކަތެއް ފެންނާކަށް ނޯންނަކަމަށް އެމްޑީޕީގެ
ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު
އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް
މަސައްކަތް ކުރަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ
އަމަލުތައް ހުރީ ޚަރަދު ކުޑަކުރުމާ ދިމާ އިދިކޮޅަށް ކަމަށެވެ. އެގޮތުން ފޮރިން
މިނިސްޓްރީއަށް އެކަނި ބަލާލިނަމަވެސް ޚަރަދު ބޮޑުވެފައިވާ މިންވަރު ފެންނާނެކަމަށް
ނާޒިލް ވިދާޅުވިއެވެ.
މެމްބަރު ނާޒިލް ވިދާލުވީ، މި ހިނގަމުންދާ ސަރުކާރު
ވެރިކަމަށް އައިއިރު މަހެއްގެ މައްޗަށް ފޮރިން މިނިސްޓްރީގެ ބަޖެޓަކީ 23 މިލިއަން
ރުފިޔާ ކަމަށެވެ.
އެހެންނަމަވެސް، މިހާރު ފޮރިން މިނިސްޓްރީގެ
މަހެއްގެ މައްޗަށް ބަޖެޓަކީ 54 މިލިއަން ރުފިޔާކަން ފާހަގަ ކުރައްވައި ނާޒިލް
ވިދާޅުވީ، އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 648 މިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރު ވެރިކަމަށް އައިއިރު މަހެއްގެ މައްޗަށް ފޮރިން މިނިސްޓްރީގެ ބަޖެޓަކީ 23 މިލިއަން ރުފިޔާ، މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ މައްޗަށް ބަޖެޓަކީ 54 މިލިއަން ރުފިޔާ، ބޭރު ޤައުމުތަކަށް ކުރާ ޚަރަދު، ޚާއްސަކޮށް އެމްބަސީތަކަށްހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ނާޒިލް ވިދާޅުވީ، އެމްބަސީތަކުން ކުރާ
މަސައްކަތްތަކުގެ ތަފްސީލުތައް ރައްޔިތުންނަށްވެސް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
އެގޮތުން އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ މިހާރު އެމްބަސީތަކަށް ޚަރަދު
ކުރަމުންދާއިރު، 5 އަހަރުގެ ދައުރެއްގެ ތެރޭގައި އެތައް ފައިސާއެއް ޚަރަދުވެގެންދާނެކަމަށް
ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވި ގޮތުގައި ޚަރަދު ކުޑަ ކުރުމުގެ ނަމުގައި
ސަރުކާރުން މިހާރު ދައްކަމުންގެންދާ ވާހަކަތައް ދެކޮޅެއް ނުޖެހެއެވެ.