ދަރިވަރުން
ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު
ކުރަންޖެހޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.
މެމްބަރު
އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަތަނީ ޚިދުމަތުގެ ބިލަށް
ބަހުސް ކުރައްވަމުންނެވެ.
ބިލަށް
ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، މި ބިލަކީ ޒުވާނުން ރަނގަޅު މަގުން ދިއުމަށް
ބާރު އެޅުމަށް މުހިއްމު ބިލެއް ކަމަށާއި، ވަތަނީ ޚިދުމަތަށް ނުކުތުމަކީ މަޖުބޫރު
ކަމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
ހަގީގަތުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ވަތަނީ ޚިދުމަތުގެ މި ޕްރޮގްރާމަކީ ސްކޫލު ނިންމާ ކޮންމެ ދިވެހި ދަރިވަރަކަށް މަޖުބޫރުކޮށް ކުރަންޖެހޭ ކަމެއް،ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު
އޭގެ
ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ، ތައުލީމު ޙާސިލުކޮށް ނިންމުމަށްފަހު މަތީ
ތައުލީމު ނުވަތަ ވަޒީފާގެ މާހައުލަށް ދިއުމާއި ދޭތެރޭގައި ދަރިވަރުންނަށް ބޮޑެތި
ބަދަލުތަކެއް އައިސް ގޯސް މަގު ޚިޔާރު ކުރާ ކަމަށެވެ. ވަތަނީ ޚިދުމަތުގެ ބިލެއް
ގެންނަން ޖެހެނީވެސް އެ ސަބަބާހުރެކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު
އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް ހިންގަންވީ 3 މަސް ދުވަހަކަށް ނޫން ކަމަށާއި،
ޕްރޮގްރާމް އަހަރަކަށްވެސް ހިންގިދާނެ ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން
ރޭނުމާއި ވަޑާން ކުރުން ފަދަ ކަންކަން ކުދިންނަށް ދަސްކޮށްދެވިދާނެކަމަށް މެމްބަރު
ވިދާޅުވިއެވެ.
މީގެ
އިތުރުން، ސަރުކާރުގެ ވަޒީފާތަކާއި ލޯނު ސްކީމްތައް ދިނުމުގައިވެސް މި ޕްރޮގްރާމް
ފުރިހަމަ ކޮށްފައި ތިބޭ ކުދިންނަށް ޚާއްސަކޮށް އިސްކަން ދޭން ޖެހޭކަމަށް މެމްބަރު
ވިދާޅުވިއެވެ.
މި ބިލުގައިވާގޮތުން
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ
އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހުގެ އިތުރުން، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ
ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމެވެ. މިހާރު ބިލު އޮތްގޮތުން
މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ.