މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ އެވެ.
ހުކުރު ދުވަހު ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑްގައި ބަންދުކޮށްފައި ހުރި ތ.ގުރައިދޫ އަށް ނިސްބަތްވާ ފަނާރު، 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމް ޖަލުގައި ހުއްޓައި މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަބީހް ހައްޔަރުކޮށްފައިވަނީ 22 ފެބްރުއަރީ 2026 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.