ބަޣާވާތުގެ
ބައިވެރިއަކު ރައްޔިތުންނަށް ހެޔޮއެދޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން
ފަލާހު ވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް
އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަލާހު ވިދާޅުވީ، މިހާރު ވެރިކަމުގައި ހުންނެވި ރައީސް
ޑރ މުޙައްމަދު މުއިއްޒަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެކި މަރުޙަލާތަކުގައި
މަސައްކަތް ކުރެވުނުއިރު އެއިން އެއްވެސް މަރުޙަލާއެއްގައި އަމަލީ ގޮތުން
ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ރައީސް މުއިއްޒަކީ ކުރީގެ ރައީސް
އަބްދުﷲ ޔާމީނު ވެރިކަން ކުރެއްވި ގޮނޑިކޮޅު ރައްޔިތުންނަށް ދައްކަވައިގެން
ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައްވައިގެން ވެރިކަމަށް ވަޑައިގެންނެވި
ބޭފުޅެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދުވަހަކުވެސް އިންނެވި ބޭފުޅެއް ނޫން، އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު އެ ބަޣާވަތް ކުރިއިރު މިބޭފުޅާ ހުންނަވާނެ އެތާ ބޭރުގައި، އޭރުގަ މިނިސްޓަރަކަށް ވަޑައިގެން ވަހީދުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހައުސިންގ މިނިސްޓަރުކަން ކުރައްވާފައި އަދި އެއަށްފަހު ޔާމީނުގެ ވެރިކަމުގައި 5 އަހަރު ހައުސިންގ މިނިސްޓަރުކަން ކުރައްވާފައި، ޔާމީނު އިންނެވި ގޮނޑި ދައްކައިގެން ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައްވައިގެން ވަޑައިގެންނެވި ބޭފުޅެއް މިއީ، ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި އެއްވެސް މަރުޙަލާއެއްގައި އެއްވެސް ވަރަކަށް އަމަލީ ގޮތުން ބައިވެރިވެ އުޅުއްވި ބޭފުޅެއް ނޫން އެއީ،މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު
ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ ބަޣާވާތުގައި
ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، އެހެންކަމުން އެފަދަ ބޭފުޅަކު
ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނެކަމަށްވެސް ޤަބޫލު ނުކުރެވޭ
ކަމަށެވެ.
ކުރެއްވިހާވެސް ކަމަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަރި ކުރަމުން ރާއްޖޭގައި މަގެއް އޮތިއްޔާ، ހުސް ތަންކޮޅެއް އޮތިއްޔާ ގޮޅި ޖަހާފައި ޕާކިންގ ސްލޮޓެއްގެ ގޮތުގައި ވިއްކާލާފައި ކައުންސިލަށް އެ ލާރި ނަގަމުން ވަޑައިގެންނެވި ބޭފުޅެއްގެ ވާހަކަ މި ދައްކަނީ، ކަނޑައެޅިގެން އަޅުގަނޑަށް އެނގޭ ވާހަކަތަކެއް މި ދައްކަނީ އިނގޭތޯމާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު
މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށް
އަލިއަޅުވާލައްވައި ފަލާހު ވިދާޅުވީ، މިއަދު ކައުންސިލުގައި އޮތީ ޕީއެންސީގެ
މެޖޯރިޓީ ކަމަށާއި، ކަންކަން ނުކުރެވި އޮތްނަމަ އެކަމުގެ ޒިންމާ އެފަރާތްތަކުން
ނަގަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުންވެސް ފަލާޙު ވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ނުވިސްނައި ކުރަމުންދާ ކަންކަން ގިނަކަން ފާހަގަ ކުރައްވައި އެކަންކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.