ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑީއާ މަނާކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުން ތައާރަފު ކޮށްފައިވާ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް ހުށަހަޅާފައިވާ މި ޕެޓިޝަނަކީ  ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުދީފް އެވެ. 

މިހާރު ވެސް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ މި ޕެޓިޝަނުގައި ބުނީ ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުން ކޮށްގެން ސޯޝަލް މީޑީއާ ގެ އެކި މަންސަތަކުގެ ބޭނުުން ކުރަމުންދާ ކަމަށެވެ.  އަދި އެ ކުދިން ކުރާ ކަންކަން ބަލާނެ ވަގުތު ބެލެނިވެރިންނަށް ނުވާ ފަހަރުވެސް ކުރިމަތިވާ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައި ވެ އެވެ. 

އެ ޕެޓިޝަންގައި ބުނީ ކަންމިހެން ހުރި އިރު އެ ކުދިންނަށް ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯމްތަކުން އެކި ނަންނަމުގައި ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށް ދެމުން ދާ ކަމަށާ މިހެން މިކަން އޮތުމުން ކުޑަ ކުދިންނަށް އެކި ކަހަލުގެ ނޭދެވޭ އަޚުލާގީ އަދި ތޮބީއީ ބަދަލުތަކެއް އަންނަކަން ފެންނާތީ މިކަން ކަމުގައި ޓެކްނޮލޮޖީ އާއި ދުނިޔެ އަށް އަންނަ ބަދަލުތަކަށް ބިނާކޮށް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. 

އެހެން ކަމުން ޕެޓިޝަންގައި ހުށަހަޅާފައި ވަނީ ސޯޝަލް މީޑީއާ އަދި ބޮޑެތި މީހުންނަށް ހަދާފައި ހުންނަ ވީޑިއޯ ޕްލެޓްފޯމްތައް (ޔޫޓިއުބް, ޓިކްޓޮކް) ގެ އިތުރުން ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނޭހެން ޕޯސްޓު ކުރެވޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށެވެ. 

މީގެ އިތުރުން ޕެޓިޝަން ގައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ދިވެހި ކުޑަކުދިންގެ ސަލާމަތާއި ދުޅަހެޔޮ ކަމަށް އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރަން އެފަދަ ޕްލެޓްފޯމް ތަކަށް ވެސް އަންގަން ޖެހޭ ކަމަށެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ވަނުން މަނާ އުމުރުގެ ކުޑަކުދިން މި ގާނޫނު ނުވަތަ ގަވާއިދު ހެދުމަށް ފަހު އެކަން ކުރާ ނަމަ، އެކަން އެނގޭ ހިސާބުން އެ ކުދިންގެ ބެލެނިވެރިންނާއި އެ ކުދިންނަށް ކައުންސެލިންގް ދިނުމާ ނަސޭހަތްތެރި ވުމަށް ވެސް ޕެޓިޝަންގައި ހުށަހަޅާފައި ވެ އެވެ. 

އެ ޕެޓިޝަންގައި ވާ އިތުރު ކަންކަމުގެ ތެރޭގައި ތަކުރާރުކޮށް ކުޑަކުއްޖަކު ސޯޝަލް މީޑިއާ އަށް ވަދެ އުޅޭ ނަމަ ޖެންޑަރ މިނިސްޓްރީ އަށް ޚާއްސަ ބާރުތަކެއް ދިނުމަށްފަހު ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލޭނެ ނިޒާމެއް ގާއިމް ކުރުން ވެސް ހިމެނެ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވާއިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފެށުމަށް ވެސް ވެ އެވެ. 

މި ޕެޓިޝަނުގައި ސޮއިކުރެވޭނީ އީފާސް މެދުވެރިކޮށެވެ.