ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ،  27 އޮކްޓޫބަރު 2025 ވަނަ ދުވަހު ފަތިހު އެއަރޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށެވެ.

13 ޖެނުއަރީ 2026 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 30 އަހަރުގެ  މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން އެވެ. އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. 

އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި އެންމެން ވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

އެއީ 

  1. ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)

  2. ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
  3. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
  4. ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
  5. މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
  6. ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
  7. ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރު މިހާތަނަށް އާއްމު ކޮށްފައިނު އެވެ. 

ބީއެމްއެއްލްގެ މުވައްފުންނަށް ބިރުދައްކައި ފޭރިގަނެފައިވާ ސޫޓްކޭސް ގައި 130،000 ޑޮލަރު ހުރިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ ފައިސާ އަކީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ހަމަޖެހިފައިވާ ޑޮލަރެވެ.