ރައީސް އިބްރަހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ރ. ދުވާފަރުގައި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މި ސަރުކާރުން އުވާލުމަށް ފަހު މުޅިން އައު މަޝްރޫއުއެއްގެ ގޮތުގައި ފެށި ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުދާ ކަމަށް ދުވާފަރު ކައުންސިލް ގެ މެންބަރު ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި ބަސްދީގަތުމެއްގައި ޔަޝްފާ ވިދާޅުވީ، ދުވާފަރު ބަނަދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން އެމްޓިސީސީ އާއި ހަވާލުކޮށް ސޮއި ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވެ މި ސަރުކާރުން އެ މަޝްރޫއު އެއްކޮށް އުވާލުމަށް ފަހު މުޅިން އައު މަޝްރޫއުއެއްގެ ގޮތުގައި ފައްޓަވައިދެއްވި މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް ޔަޝްފާ ވިދާޅުވި އެވެ. 

އަދި އެ މަސައްކަތް މިސަރުކާރުން މަސައްކަތް ވެސް ފެށި ކަމަށާއި ނަމަވެސް ހަފްތާއެއްހާ ދުވަހު މަސައްކަތް ކުރުމަށް ފަހު މިހާރު މަސައްކަތް ކުރަން ބޭނުންކުރި ވެހިކަލް ވެސް މިހާރު ފެންނަން ނެތްކަމަށް ޔަޝްފާ ވިދާޅުވި އެވެ. 

ހަމަ ބިންގާ އަޅަމުން ދިޔަވަގުތު ވެސް ހަމަ ހައިމާކުގެ މަސައްކަތް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދިޔަ. ދެން ރައީސް ފޭބުމާއި އެކީގަ ހައިމާކުގެ ދަތްގަނޑު ހަމަ އިތުރަށް މަސައްކަތް ވަރަށް ބުރަކޮށް ހަމަ އަތުފަތު ނުޖެހި ދިޔައީ، އެހެން ނަމަވެސް މިއަދު ހަމަ ހުސް. 
ކައުންސިލް މެންބަރު ޔަޝްފާ 

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ، މަސްދުވަސް ވެގެން ދާޔައިރު ޖަހާފައި ހުރި ހިލަކޮޅަކާއި ކުޅުން ނޫން އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި މަސައްކަތް ކުރަން ގެނގުޅުނު ވެހިކަލްތައް ވެސް ސަރަހައްދުން ވެސް ފެންނަތް ނެތް ކަމަށް ޔަޝްފާ ވިދާޅުވި އެވެ. 

ޔަޝްފާ ވިދާޅުވީ މަސައްކަތުގެ އަޕްޑޭޓް ބެލުމަށް އެމްޓިސީސީ އަށް ގުޅުމުން ވެސް އެބޭފުޅުން ފޯނު ނުނަންގަވާ ކަމަށާއި މަސައްކަތް ކުރިއަށް ކުރިއަށް ނުގޮސް އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށް ޔަޝްފާ ވިދާޅުވި އެވެ.