މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު މީސްމީޑިއާ ގައި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކުން ދޭހަވާ ގޮތަކަށް ޕޯސްޓެއްކުރުމުން އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީ އެއްގައި ވިދާޅުވީ، މޯލްޑިވް ގޭސް ގެ އެމްޑީ އަބްދުﷲ މުހައްމަދު މީސްމީޑިއާ ގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަހްމަދު ޝަމްހީދު އަށް ބިރުދެއްކުން ދޭހަވާފަދަ ގޮތަކަށް ޕޯސްޓެއް ކޮށްފައި ވާތި، އެކަން ރައްޔިތުން މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ އިން ބައްލަވައިދެއްމަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން މޯލްޑިވްސް ގޭސް އިން އޮކްޓޫބަރު 2024 ގައި އޯޑަރު ކޮށްފައިވަ 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރާއި ގުޅޭ މައްސަލަ އަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަން އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ އެންޓަޕްރައިސަސް ކޮމެޓީ މެދުވެރިކޮށް ހިންގާދެއްވުމަށް ވެސް މެންބަރު ވަނީ އެދިފަ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި މޯލްޑިވް ގޭސް ކުންފުނިން ގާބިލުކަން ނެތް ކުންފުންޏަކަށް ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ވަނީ އެނގިފަ އެވެ. އަދި މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީ އެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.