ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް ފޮރިން މިނިސްޓްރީން އިސްތިމާސް ކޮށްފި އެވެ.

އެ މިނިސްޓްރީގެ ނޫސް ބަޔާނެއް ގައި ބުނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، 15 ޖެނުއަރީން ފެށިގެން 15 ފެބްރުއަރީ ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރާ ކަަމަށް ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަން ހުންނަނީ ހުޅުމާލޭ ނިރޮޅު މަގުގަ އެވެ.