އޭވިއޭޝަން އިންޑަސްޓްރީ އަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނައީމު ހުސައިން އަވަހާރަވެއްޖެ އެވެ.

ނައީމް އަވަހާރަވި އިރު އުމުރުފުޅުން 74 އަހަރެވެ. އޭނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާއި އުޅުއްވާތާ ގިނަ ދުވަސްތަކަކަށް ފަހު މި ހަފްތާގެ އާދިއްތަ ދުވަހު އެވެ. 

ނައީމް އަވަހާރަވުމަކީ އޭވިއޭޝަން ދާއިރާ އަށް ލިބުނު ދެރަ އެއް ކަމަށް އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ފާހަގަކުރައްވަ އެވެ.

ނައީމް އަކީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ހުޅުލޭ އެއަޕޯޓް ހުޅުވުމަށް ފުރަތަމަ ތަމްރީން ކުރި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭރު އެ ޒިންމާތައް އަދާކުރައްވާފައި ވަނީ މަދު ވަސީލަތްތަކަކާއި އެކު ދަތި ހާލުގަ އެވެ.