އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އާންމު ރައްޔިތުންގެ ބަޔަކަށް އޭނާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ ސ. ފޭދޫ، ހަމްދަރުދީގެ، 19 އަހަރުގެ ޙައްވާ ރާއިދާ މުނީރެވެ. ރާއިދާ ހޯދީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މެންދުރުފަހު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހައްވާ ރާއިދާ މުނީރު މިހާރު ފެނިފައިވާކަމަށެވެ. އޭނާ ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށްކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.