އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފި އެވެ. 

ފުލުހުން މައުލޫމާތު ދިން ގޮތުގައިި ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.

ރާއިދާ ހޯދަމުންދަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. 

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފަ ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެހެން ކަމުން ރާއިދާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން ވަނީ އާއްމުންގެ ފަރާތުން އެދިފަ އެވެ.