ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓިފައިވާ ކަމަށް އެރަށު ކައުންސިިލުން ބުނެފި އެވެ. 

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމުގައި އިމާރާތް ކުރަން ފެށި ފެނަކަ އައު އޮފީސް: ވެރިކަން ބަދަލު ވިފަހުން ތަނުގެ މަސައްކަތް ވަނީ ހުއްޓިފަ
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމުގައި އިމާރާތް ކުރަން ފެށި ފެނަކަ އައު އޮފީސް: ވެރިކަން ބަދަލު ވިފަހުން ތަނުގެ މަސައްކަތް ވަނީ ހުއްޓިފަ

ނޮޅިވަރަމް ގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތާ ގުޅޭ ގޮތުން އަރަށު ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވި ކައުންސިިލުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާއިމް އަލީ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނޮޅިވަރަމު ފެނަކަ އޮފީހުގެ މަސައްކަތް ފަށާ ވަރަށް ބާރު ސްޕީޑުގައި މަަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން މިހާރުވެސް އެ އިމާރާތަށް ބާލާލުމުން ފެނިގެން ދާނެ ކަމަށެވެ. ސަބަބަކީ މިހާރު ވަށާފާރު ރާނާ ނިމި، ތަނުގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ މި އިމާރާތުގެ ފެންނަން ހުރި ހުރިހާ މަސައްކަތަކީ ވެސް މިދިޔަ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ނާއިމް ފާހަގަކުރެއްވި އެވެ. 

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމުގައި އިމާރާތް ކުރަން ފެށި ފެނަކަ އައު އޮފީސް: ވެރިކަން ބަދަލު ވިފަހުން ތަނުގެ މަސައްކަތް ވަނީ ހުއްޓިފަ

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމުގައި އިމާރާތް ކުރަން ފެށި ފެނަކަ އައު އޮފީސް: ވެރިކަން ބަދަލު ވިފަހުން ތަނުގެ މަސައްކަތް ވަނީ ހުއްޓިފަ

މިވެސް ހަމަ ނިމިދިޔަ ސަރުކާރުގަ ފެށިފަ ހުރި ކަމެއް. ފުދޭވަރަކަށް ބާރަށް މި މަސައްކަތް ފެށިގެން ދިޔަ. ބަލާލިޔަސް އެނގޭނެ ހަމަ ވަރަށް އަވަހަށް މިތަން ރާނާލާފަ ވަށާފާރާ އެއްކޮށް، ފުދޭވަރަކަށް ކޮލިޓީކޮށް މިތަން ހަދަން ފެށިގެން ދިޔައީ. އެހެން ނަމަވެސް ސަރުކާރު ބަދަލުވި ހިސާބުން ހަމަ އެ ހުއްޓުނު ގޮތަށް މި އޮތީ. ދެން އަނެއްހެން މިތަން ސާފުކޮށް މި އޮންނަނީ ފެނަކައިގެ މުވައްޒަފުން މިތަން ބަލަހައްޓާ ސާފުކުރާތީ. އެކަމަކު މިތަނުގެ މަސައްކަތް އަސްލު މިހުރީ ހަމަ އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައޭ ބުންޔަސް ދޮގަކަށް ނުވާނެ
ހދ. ނޮޅިވަރަމް ކައުންސިިލުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާއިމް އަލީ 

އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ ވީހާވެސް އަވަހަށް މި ތަނުގެ މަސައްކަތް ނިންމާ، އިމާރާތުގެ ބޭނުން ކުރަން ފެށުން ކަމުގައި ވިޔަސް، ވެރިކަން ބަދަލުވެ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ތަނުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް ނާއިމް ވިދާޅުވި އެެވެ. މިހާރު އަތަނުގަ ކުރާ ހަމައެކަނި މަސައްކަތަކީ ތަނުގެ ވިނަ ބޯވުމުން، ދޭތެރެ ދޭތެރެއިން ވިނަ ނޮޅުންކަމަށް ވެސް ނާއިމް ވިދާޅުވި އެވެ.  އެމްޑީޕީ ސަރުކާރުން ނޮޅިވަރަމުގައި އަޅަން ފެށި އިންޖީނުގޭގެ މަސައްކަތް ވެސް ހުރީ ހަމަ މިހާލަތުގައި  ކަމަށް ނާއިމް ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު، ނޮޅިވަރަމު ގައި ތަރައްގީ ގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާ ކަން އެ ރަށު ރައްޔިތުން ފާހަގަ ކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއު ތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަ ކޮށްފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.