ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ ކަމަށާއި، އެ ކަންކަމަކީ ވަކި ސްޓޭންޑްތަކަކަށް ހަދާފައި ހުންނަ ކަންތައްތައް ކަމަށް އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން
ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

އަމްރު މިފަދައިން ވިދާޅުވީ ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށްރަށަށް ބޯޓު ޖެއްސިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި "ޔޫތް ކޮފީ ވިތް ޕްރެސިޑެންޓް" އިވެންޓުގައި ބައިވެރިންގެ ހިޔާލަކާއި ގުޅިގެން ރައީސް ވިދާޅުވީ ސީ ޕްލޭންގައި ރޭގަނޑުގެ އޮޕަރޭޝަން ނުހިންގޭނެ ކަމަށެވެ. އެހެންކަމުން އެއީ އެޑްރެސް ކުރަންޖެހޭ އެއް ކަންތައް ކަމަށާއި، ބޮޑެތި ރަށްރަށުގައި، އެއަރ ސްޓްރިޕެއް ހަދައި، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ ގޮތަށް ހެދި ދާނެ ކަމަށެވެ.

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން
Raajje.mv

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

ރައީސް ވިދާޅުވީ އެގޮތަށް ހެދުމުން ވަރަށް ގިނަ ރަށްތަކުގައި ރޭގަނޑު ވެސް ބޯޓު ޖެއްސޭނެ ކަމަށާއި، ބޮޑު އެއަރޕޯޓެއް އެކަމަށް ބޭނުން ނުވާނެ ކަމަށެވެ. 

ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއަރ ސްޓްރިޕެއް ހަދައިފިއްޔާ އެތާގައި ކުދި ބޯޓުތައް، މި ގެންގުޅޭ ސީޕްލޭން ބޯޓުތަކުގައި ފުރޮޅު ހަރުކޮށްފައި ދުއްވައިފިއްޔާ އެވަރުގެ ބޯޓު ޖެއްސޭނެ. އޭރުން ނުޖެހޭ އެއަރޕޯޓު ހަދާކަށެއް. އެއިރުން ވަރަށް ގިނަ ރަށްތަކުގައި މަތިން ގޮސް ޖެއްސޭނެ. މިއީ ހަމަ ހެދިދާނެ ކަންކަން. 
  ރައީސް ޑރ. މުހައްމަދު މުއިއްޒު  

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އަމްރު ވިދާޅުވީ ފުރޮޅު ހަރުކޮށްގެން ސީޕްލޭންގައި ރަށްރަށަށް ޖައްސާ ވާހަކަ މިހާރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން އެ ބަދަލުވެގެން ދިޔައީ ރަށްރަށުގައި އެއަރޕޯޓް އެޅުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމަށެވެ. އަމުރު ވިދާޅުވީ މީގެ ކުރިން ސަރުކާރުން ގެންގުޅުނީ ލ އަތޮޅާއި، ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި އެއަރޕޯޓު އެޅުމުގެ ސިޔާސަތު ކަަމަށާއި، ނަމަވެސް ކުއްލިއަކަށް އެކަން ބަދަލުވެއްޖެ ކަމަށެވެ. 

ރަށު މެދަށް ޖައްސަން އިނގޭތޯ. މިއީ އަސްލުގައި އާ ވިސްނުމެއް ނޫން އިނގޭތޯ. މިއީ އެންމެނަށް ވެސް އިނގޭ، ދެން ސީޕްލޭންގައި ފުރޮޅު ހަރުކޮށްފައި ބޯޓު ޖެއްސޭކަން. އެކަމަކު، ބޯޓެއް ޖައްސަން މި ޖެހެނީ އިންޓަރނޭޝަނަލް ގަވާއިދުތަކާ އެއްގޮތަށް. ރާއްޖޭގައި ހަދާފައި ހުރިހާ ޑޮމެސްޓިކް އެއަރޕޯޓުތަކަކީ މިނިމަމް ސްޓޭންޑަޑްގައި ހަދާފައި ހުރި ތަންތަން. އެންމެ މަދު، އެންމެ ކުޑަކޮށް ޚިދުމަތްތައް ހުންނަންޖެހޭ ބޯޓެއް ޖައްސަންޏާ. އޭގެ މާނައަކީ ހުންނަންޖެހޭ ކޮންމެވެސް ވަރަކަށް މީހުން ވަދެނުކުންނަ ޓަރމިނަލެއް ހުންނަންޖެހޭ. ފަޔަރ ޓްރަކް އޮންނަންޖެހޭ. އެތަނުން ތެޔޮ އެޅޭނެ ގޮތެއް ހުންނަންޖެހޭ. އެގޮތަށް ބައިވަރު ކަންތައްތަކެއް އޭގެތެރެއަށް ވަދެގެން އެބަދޭ. މީކީ ހަމައެކަނި ރާއްޖޭގައި ހުއްދައަކުން ކުރާ ކަމެއް ނޫން. އިންޓަރނޭޝަނަލް ގަވާއިދުތަކަށް ފިޓުވާންޖެހޭ. އެހެންވީމާ، އެ ވިދާޅުވިޔަސް ރަށު މެދަކަށް ބޯޓެއް ނުޖެއްސޭނެ އެހެން ބޮޑު މަގަކަށް.
އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު 

ރައީސް ވިދާޅުވެފައިވަނީ ސީޕްލޭންގައި ފުރޮޅު ހަރުކޮށްގެން ބޮޑެތި ރަށްރަށަށް ޖެއްސޭ ގޮތަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ނުވަތަ ހިޔާލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް އެޅުމަށް ނިންމާ ބައެއް ރަށްރަށުގައި ބޯޓު ޖައްސަން އެއަރޕޯޓް އަޅަން އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް  އައި އިރު މަޖިލިސް އިންތިހާބަށް ފެށި މަސައްކަތް ފިޔަވައި އިތުރު ކަމެއް ސަރުކާރުން ކޮށްފައި ނުވެ އެވެ.