އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސެއް ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހިގެން މަރުވީ އަލްމަނާސިކް ހައްޖު އުމްރާ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުމަކަށް ގޮސް ހުރި މ. ސައްކެޔޮމާގޭ އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒެވެ. 

އަލްމަނާސިކް ގުރޫޕާ ހަވާލީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އޭނާ ނިޔާވީ ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ބުދަ ދުވަހުގެ ރޭ 7:35 ހާއިރު އެވެ.

އިމްތިޔާޒަކީ ހިތުގެ މައްސަލަ ހުންނަ މީހަކަށްވާތީ، ޕޭސްމޭކާ ވެސް ލައްވާފައިވާ ކަަމަށް ބުނެފައިވެ އެވެ. 

މިފަހުން ރާއްޖޭގައި ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އިތުރު ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެ އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 500 އެއްހާ މީހުން ސްޓްރޯކް ޖެހިގެން މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.