ޖަޕާނުގެ އިރުމަތީ ނޯޑާ ސަރަޙައްދުގެ އައްސޭރިފަށަށް ބުދަ ދުވަހު ރިކްޓަރ ސްކޭލުން 6 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ހާމަކޮށްފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ބިމުގެ 19.3 ކިލޯމީޓަރު (11.99 މޭލު) އަޑިން ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.