ރައީސް ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިންގައި ބިންވެރިޔާ ސްކީމާއި ގުޅުވާ ދައްކާފައި ހުރި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދެއްވުމަށް  ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގަންނަވައިފި އެވެ.

ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ
ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

ކުޑޫ ވަނީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ބިން ބަދަލުކޮށް، އަމިއްލަކޮށް، ވިއްކާ ހެދުމަށް ހުއްދަ ނުދޭތީ އެކަމާއި މެދު އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި 4 ކަމެއް ސާފުކޮށްދިނުމަށް އެދިވަޑައިގަތެވެ. އެ ކަންކަމަކީ:

  1. ބިންވެރިޔާ ސްކީމުން ހުޅުމާލެ ނުވަތަ އެނޫންވެސް ތާކުން ބިން ލިބުނުފަރާތްތަކަށް މިހާރު މާލެއިން ލިބިފައިވާ ބިން، އެހެންފަރާތަކަށް ބަދަލުކުރުން، ވިއްކުން ފަދަ އެބިމަށް ތަސައްރަފުކުރުމުގެ އެއްވެސް ކަމެއް ކުރުމުގެ ހުއްދަ އޮތްކަން ނުވަތަ ނޫންކަން.

  2. ބިންވެރިޔާ ސްކީމުގައި ބިންލިބިފައިވާ މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުގެ ކަންކަން ކުރަންވީތޯ އަދި އެކަން ކުރިޔަށް ގެންދާނީ ކޮންގޮތަކަށްކަން.
  3. ބިންވެރިޔާ ސްކީމުގައި ހިމެނޭ މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު އެހެންމީހަކަށް ދީ ނުވަތަ ވިއްކާލެވިދާނެތޯ؟
  4. ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް ޝަރުތު އުވާލައްވާނެ ކަމަށް މަނިކުފާނު 18 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ވިދާޅުވެފައިވާތީ މިކަމާއިމެދު ނިންމާފައިވާ ގޮތް.
ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ
Raajje.mv

ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

މީގެ އިތުރުން، އެ ސިޓީގައި ކުޑޫ ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމުން (ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު) މި ތިން ތަނުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކަށް މިހާރު މާލެއިން ލިބިފައިވާ ބިން، ބަދަލުކޮށް، އަމިއްލަކޮށް، ވިއްކާ ހެދުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދޭ ކަމަށް އާއްމުން ބުނެފައިވާ ކަމަށެވެ.

މިގޮތުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޞިލް އާދަމް އާޒިމަށް އެޑްރެސްކޮށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ފޮނުވާފައިވާ ސިޓީގައިވާ ބައެއް ކަން ކަމަށް ކުޑޫ ވަނީ އަލިއަޅުވާ ލައްވާފަ އެވެ.

ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި  ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި "މާލެ ސަރަޙައްދު (މާލެ،ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީވެފައިވާ ނަމަ، އެ ތަނެއް މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި ވާން ވާނެ ކަމަށް ބުނެފައި ވެ އެވެ. އަދި "މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެންފަރާތަކަށް ދީފައިވާ، ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން"  މިއީ ވެސް ޝަރުތެއް ކަމަށް ބުނެފައި ވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބި އަދި ގޯތި ޙަވާލުކުރެވިފައިވާ އެއްވެސް ފަރާތަކަށް އަމިއްލަ ނަމުގައި އޮތް ބަންޑާރަގޯތި ނުވަތަ އަމިއްލަ ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބައި މީހަކަށް ދީ، ވިއްކާލާ ނުވަތަ ތިމާގެ ނަމުގައި އޮތް ބަންޑާރަ ބިމެއް އަމިއްލަކުރުން ފަދަ ތިމާ ދޫކޮށްލަން އޮންނަ ބިމާ ބެހޭ އެއްވެސް މުޢާމަލާތެއް ކުރިއަށް ގެންގޮސްފައި ވާ ނަމަ ޝަރުތު ފުރިހަމަ ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ. އެ ހާލަތުގައި އެފަދަ ކަމެއް ކުރި އެފަރާތާއި އެކު ވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމުގައި، ބެލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައި ވެ އެވެ.

އެ ފަދަ މުޢާމަލާތެއް ކުރުމަށް "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުން މާލޭ ސިޓީ  ކައުންސިލަށް ހުށަހަޅާ ނަމަ، އެ ފަދަ މުޢާމަލާތްތައް ހުއްޓުވުމަށް ސިޓީ ކައުންސިލަށް ހައުސިން މިނިސްޓްރީ އިން އަންގާފައި ވެ އެވެ. 

މާލޭގެ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް ޝަރުތު އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ޝަރުތު އުވާލައްވާނެ ކަމަށް މަނިކުފާނު 18 ސެޕްޓެމްބަރ 2023 ވަނަ ދުވަހު، މާފަންނު އަވަށުގައި ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ހަމަ މި ބައްދަލުވުމުގައި މަނިކުފާނު ވިދާޅުވެފައި ވަނީ، މާލޭގައި ކުދިކުދި ތަން ކޮޅުކޮޅުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ މީހާއަށް އެހާ ހާލުން ގޯއްޗެއް ލިބޭ ދުވަހު، އޭނާއަށް ކުރިން ލިބިފައި އޮތް ކުޑަ ބިންކޮޅު ވެސް ދޫކޮށްލަން ޖެހުމަކީ އިންސާފުވެރި ނޫން ކަމަށް  ރައީސް ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، ދެއްކި ވާހަކަ ހިމެނޭގޮތަށް ޝާއިރުކުރައްވާފައިވާ 1024 ސޮފުހާގެ ފޮތުގައި ވެސް އެ ވައުދު ވަނީ ހިމަނާފަ އެވެ.

"ދެން އަނެއް މައްސަލައަކީ ވަރަށް ކުދިކުދި ތަންތަން ކޮޅުގައި އުޅެމުންދާއިރު ބަހައިގެން އަދި އެނޫންގޮތަކުންވެސް ލިބިފައިހުންނަ ކުދި ތަންކޮޅުގައި، އެތަންތަން ދޫކޮށްލާފައި ނޫނީ ސަރުކާރުން މި ދޭން އުޅޭ ގޯޗާއި ފްލެޓް ނުލިބޭ ގޮތަށް އެކަން ޝަރުތުކޮށްފައި އޮތުން މިއީ އިންސާފެއް ނޫން." އޭނާ ވިދާޅުވި އެވެ.

އޭރު މުއިއްޒު ވިދާޅުވީ ގެންނަންޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް،  ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް ގެދޮރު ޔަޤީންކޮށްދެއްވާނެ ކަމަށެވެ.  އެހެންކަމަށް ވާއިރު މި ސަރުކާރަށް ދެ އަހަރުވެގެން ގޮސް މިއަދާ ހަމައަށް ވެސް ބިންވެރިޔާ ސްކީމުން (ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު) ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުން ލަސްވެފައިވާ ކަން ކުޑޫ ފާހަގަކުރެއްވި އެވެ. އަދި މި ކަން ނިންމާނެ އެތައް ތާރީހެއް ދެވި، އެ ތާރީހުތައް ވެސް ވަނީ ފަހަނަޅާ ގޮސްފަކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ކުޑޫ ވިދާޅުވީ  މި ކަމަކީ ގޯއްޗަށް އެދި ގޯތި ލިބިފައިވާ ގިނަ ބައެއްގެ ކަންބޮނޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށެވެ.