ވ. އަތޮޅު ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލަ އެއް ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ. 

ފުލުހުން ބުނީ، 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ ބައިގެންގޮސް ކުއްޖާ މަރުވެފައިވާ މައްސަލައެއް 26 ޑިސެމްބަރު 2025 ވަނަ ދުވަހު ހެނދުނު 10:06 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައިނުވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާއަށް މި ކުއްޖާ ލިބުނީ ކައިވެނީގެ ބޭރުންނެވެ. މަރުވެފައި އޮތް ތުއްތު ކުއްޖާ ފެނުނީ ވަރަށް ބޮޑަށް ކުނި ވަސް ދުވާތީ، ސްޓާފް އެކޮމޮކޭޝަން ބްލޮކެއް ބަލަމުން ދަނިކޮށް ޑަސްބިނެއްގެ ތެރެއިންނެވެ. އެ ކުއްޖާގެ ބަރުދަނުގައި 2 ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.