ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި  ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލް ބަނދަރުން، ބުރަސްފަތި ދުވަހުގެރޭ  އަތުލައިގެންފައިވަނީ  މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ.

މި ކަމަމާ ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމްސް އަދި ފުލުހުން ގެ ފަރާތުން ވެސް ހިއްސާ އެއް ނުކުރެ އެވެ.