މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމު ގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް ބުރާސްފަތި ދުވަހު ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އިތުރު ތަފްސީލު އަންނަނީ...