ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލޭ ތޯރިގް ރަހުމާން 17 އަހަރު ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

60 އަހަރުގެ ތާރިގު ރަޙްމާނަކީ ނުފޫޒުގަދަ ޒިޔާ އާއިލާގެ އިސް ޝަޚްސިއްޔަތަކަށް ވުމުގެ އިތުރުން، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ.

އޭނާ އިސްކޮށް ހުންނަވާ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ދަނީ އަންނަ އަހަރުގެ ކުރީ ކޮޅު ބަންގްލަދޭޝްގައި އޮންނަ އިންތިޚާބުން އަލުން ވެރިކަމަށް އައުމުގެ އުންމީދު ކުރަމުންނެވެ.

2008 ވަނަ އަހަރުން ފެށިގެން ލަންޑަންގައި ދިރިއުޅުއްވަމުން އައި ރަޙްމާން، ބީ.އެން.ޕީ އިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވިޖެ ނަމަ، ޤައުމުގެ އާ ލީޑަރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިދިޔަ އަހަރު މަޤާމުން ދުރުކުރެވިފައިވާއިރު، ހަސީނާގެ އަވާމީ ލީގު ޕާޓީ ވެރިކަމުގައި، ރަޙްމާންގެ މައްޗަށް އެކި ކުށުގެ ތަޙްޤީޤުތައް ހިންގާފައިވެއެވެ. ނަމަވެސް، ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމުން، އޭނާގެ މައްޗަށް އުފުލިފައިވާ ހުރިހާ ދަޢުވާއަކުން އޭނާ ވަނީ މިންޖުވެފަ އެވެ.

ޙަސީނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައި އަރުވާލެވިގެންނެވެ. އޭނާގެ ޕާޓީއަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ނާދިރު ކަމަށް ބެލެވެއެވެ. މި އިންތިޚާބަކީ ބަންގްލަދޭޝްގެ ތާރީޚުގައި ބޭއްވޭ އެންމެ މުހިންމު އިންތިޚާބުތަކުގެ ތެރޭގައި ގިނަ ބަޔަކު ދެކޭ އިންތިޚާބެކެވެ.

މިދިޔަ މަހު، ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތައް މައިތިރި ކުރަން މަސައްކަތް ކުރުމުގައި ލާއިންސާނީ އަނިޔާ ދިން ތުހުމަތުގައި، ޙަސީނާ އަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

އ.ދ. ގެ ތަޙްޤީޤުތަކުން ދައްކާ ގޮތުގައި، ދަރިވަރުން އިސްވެ ތިބި ހިންގި މުޒާހަރާ ގައި 1,400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ޙަސީނާ، ގެ ޣައިރު ހާޒިރު ގައި ހިންގުނު ޝަރީޢަތުގައި، އިންސާނިއްޔަތާ ދެކޮޅަށް ކުށްކޮށްފައިވާ ކަމަށް ސާބިތުވި ނަމަވެސް ހަސީނާ އެކަން ދޮގުކުރައްވައެވެ.