ބުދަ ދުވަހުގެ ރޭ ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮއްވައި އަލިފާން ރޯވި، "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީގައި ތިބި 25 މީހުން ވެސް ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

ފުލުހުން ބުނީ މި ހާދިސާ ގެ މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދަށް ގޮސް، ސަފާރީ ގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތް ކޮށް ފެލިދޫ އަށް ގެނެސްފައިވާ ކަމަށެވެ. ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންކަމަށްވެސް ފުލުހުން ބުންޔެވެ.

ފުލުހުން ބުނި ގޮތުގައި ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ. ފަތުރުވެރިން ގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި 12 އަންހެނުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުން ގެ އިތުރުން ޖަރުމަނު ރައްޔިތެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
Raajje.mv

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން ހަވީރު 6:00 ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މިހާދިސާގަ އި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ނަމަވެސް ސަފާރީ ގެ ބޮޑުބައި އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޔެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާ އިރު، ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.