ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް ސަފާރީއެއް ގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުދަ ދުވަހު ގެ ރޭ 6:50 ހާ އިރު ކުރި ޕޯސްޓެއް ގައި  ބުނީ، "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އަދި ފުލުހުން ވެސް ހާމަ ކޮށްފައެއް ނުވެ އެވެ. އެ ސަފާރީގައި ތިބި މީހުންގެ އަދަދާއި މީހަކަށް އަނިޔާވި ކަމެއް ވެސް މިހާތަނަށް އެނގިފަ އެއް ނުވެ އެވެ. 

ސޯޝަލް މީޑިޔާ ގަިއ ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން، ސަފާރީ ގެ ކުރީކޮޅުގައި އޮތީ ވަރަސް ބޮޑަށް އަލިފާން ރޯވެފަ އެވެ.