ރައީސް ޔާމީން އަބްދުލް ގައްޔޫމް އާ އެކު ގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދެ ރައީސުން މިހެން ވިދާޅުވީ، އެމްޑީޕީ އޮފީހުގައި ބުދަ ދުވަހު ދެބޭފުޅުން ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުރީގެ ރައީސުންނާ އެކު ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ ކަންތައްތައް ހުރި ކަމަށާއި އެ ގޮތުން ކުރެވޭނެ ކަންކަން ވެސް ކުރައްވާނެ ކަމަށެވެ.

"ޔާމީން އާ އެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ،" ދެ ރައީސުން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނު އާ އެކުވެސް އެމްޑީޕީ އިން ކުރިން މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ އެ އެ ހައްލު، އެ މަގު ހޯދޭނެ ހެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށާއި، އެކަންކަން ކުރުމުގައި ރައީސް ޔާމީން ގެ ހިއްސާ އެއް އައުމަކީ ދެ ބޭފުޅުން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދެ ރައީސުން ވިދާޅުވިއެވެ.