ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.
ބުދަ ދުވަހު ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ އެމްޑީޕީ ގެ މައި އޮފީހުގަ އެވެ.
މިދިއަ ހޯމަ ދުވަހު ރައީސް ޞާލިހު ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ގުޅިގެން މަސައްކަތް ފެއްޓެވުމުގެ ގޮތުން ވަރަށް އަވަހަށް އެމަނިކުފާނު ރައީސް ނަޝީދު އާ ބައްދަލު ކުރައްވާނެ ކަން ހާމަ ކުރައްވާފަ އެވެ.