ދުންފުހުގެ އަސަރު ބޮޑުވެ، ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށްވުރެ ދަށްވެއްޖެ އެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އިރުވައި މޫސުން ފެށުމާ އެކު ރާއްޖޭގެ ސަރަަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ފެށިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހޯމަ ދުވަހު ކަމަށެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރު ވެސް 2 ކިލޯ މީޓަރަށް ވުރެ ދަށްވެފައިވާ ކަމަށެވެ. 

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 5 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގެ އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމަށް ދިނުމަށް އެދޭ ކަމަށެވެ.