ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި އެވެ. 

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޞާލިޙް ތ. ހިރިލަންދޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ޓްރާންސިޓް ކުރެއްވި ވަގުތުކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި ކުޑަހުވަދޫ އަށް ނިސްބަތްވާ އެމްޑީޕީ ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ

މި ބައްދަލުވުމުގައި ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ. ރައީސް ޞާލިޙް ވަނީ ޕްރައިމަރީ އަށް ފަހު ވެސް ހުރިހާ ފަރާތްތަކުން ގުޅިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކުރަން ގޮވާލައްވާފަ އެވެ. އަދި ގުޅިގެން މަސައްްކަތް ކުރެވިއްްޖެ ނަމަ ހުރިހާ ދާއިރާ އަކުން ވެސް ރަނގަޅު ނަތީޖާ އެއް ހޯދޭނެ ކަން ފާހަގަ ކުރައްވާފަ އެެވެ. 

ރައީސް ޞާލިހް ވަނީ ޕާޓީ އެއްބައިވަންތަކަން ވަރުގަދަ ކުރަން އެމަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީ ގެ ސަޕޯޓަރުންނަށް ދެއްވާފަ އެވެ. އަދި ވަރަށް އަވަހަށް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ރައީސް ނަޝީދު އާއި ބައްދަލު ކުރައްވާނޭ ކަން ރައީސް ޞާލިހް ވަނީ ހާމަ ކުރައްވާފަ އެވެ.