ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި އެވެ. 

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު ގެ އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާ ކަމަށް އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. 

ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާ ގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. 

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.