ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 21 ވަނަ ދުވަހުގެ 10:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.  އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 އަދި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.