މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު ގައި، ނޭޕާލް ގެ ޒުވާން އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ނޭޕާލްގެ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ކޯޓުގެ އަމުރުގައިވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ކިރުމަށާއި ބަންދު ކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ.

އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ. މި މައްސަލައިގައި ވަކީލެއް މެދުވެރިކޮށް ކުރިއަށްދާން އޭނާ އެދުމުން، ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރަން ނިންމައިފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަަރާކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ވަކި މަދެއް ނޫނެވެ.