2 އަހަރާއި ބައި ވެގެންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޮގެއް ނޫން އެއްޗެއް ނަހަދާ ކަމަށާއި، ކައުންސިލް އިންތިހާބާ ދިމާކޮށް އިތުރަށް ތެދެއް ހެދެން އޮންނާނެ ކަމަކަށް ގަބޫލެއް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރީގައި ދެއްކެވި ހުރިހާ ވާހަކަފުޅަކީ ސާފުސީދާ ދޮގު ވާހަކަފުޅުކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުކަމަށެވެ. އަދި މާދަމާ ނުކުމެ ކައުންސިލު އިންތިޚާބު ހޯދުމަށް ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދައްކަވާނެ ވާހަކަފުޅުތަކަކީ ތެދެއްކަމަށް ގަބޫލުކުރާނެ ދިވެހި ރައްޔިތެއް މިހާރު ހުންނާނެކަމުގައި ގަބޫލެއް ނުކުރައްވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ސާފު، އަޅުގަނޑުމެންނަށް ވަރަށް ސާފު ދޮގުހަދަމުން، ހަދަމުން، ހަދަމުންގޮސް ދެ އަހަރާއި ބަޔާ ހިސާބަށް މި ދަނީ އިތުރަށް ތެދެއް ހެދެން އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަމަ ޙަޤީޤަތުގައި ވެސް ރައްޔިތުންނަށް ސާފުކޮށް އެނގޭ، ދޮގުހަދާ މީހެއްގެ ފަރާތުން ރައްޔިތަކަށް ވާނެ ފައިދާއެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަން. އަޅުގަނޑުމެން ކުރިމަތީގައި މި އޮތީ ދެހާސް ސައްބީހުގައި ކައުންސިލު އިންތިޚާބު ރަށްރަށުގެ ރައްޔިތުންނާ ގާތުން ޚިދުމަތްކޮށްދޭން މި އެމް.ޑީ.ޕީ
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް


ނާޒިލް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ގާތުން ޚިދުމަތްކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތުން ގާނޫނެއްގެ ތެރެއިން ބާރު ހޯދާ ދިފައިވާ ކަމަށެވެ. އެ ބާރު އެކި ގޮތްގޮތަށް ހަނިކުރަމުން އައިއިރު 2026 ގައި ކުރެވޭނެ އެންމެ ކުޑަކޮށް ކައުންސިލްތަކުގެ ސައިޒު ކުޑަކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އަތޮޅު ކައުންސިލުތައް ނެތި ހިނގައްޖެ ކަމަށާއި އަތޮޅު ކައުންސިލުގެ ބާރުވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުތަކުން ކޮށްދޭން އުޅެނީ ކޮންކަމެއްކަން މި ސަރުކާރުގެ ވެރިންނަކަށް ސާފެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުން ދަންނަ ނިޒާމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އަތޮޅު ކައުންސިލުގެ މުހިންމުކަން އަދި އަތޮޅު ކައުންސިލު ބާރުވެރި ކުރުވަން ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ނޭނގޭތީ އަތޮޅު ކައުންސިލު އުވާލަން ޖެހުނުކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އަންހެން ކަނބަލުން ބާރުވެރި ކުރުވާކަށް މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ސިޔާސީ ބާރުވެރިކަމެއް އަންހެން ބޭފުޅުންނާ ދޭކަށް ބޭނުންފުޅެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން އަންހެން ބޭފުޅުން ބާރުވެރިކުރުވުމުގެ ގޮތުން ތިރީސްތިނެއް ޕަސެންޓް ކަށަވަރުކޮށްދެއްވާފައިވާކަމަށާއި އެއަށްވުރެ ކުޑައެއް ދިނެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.