ދިވެހި ރާއްޖޭގެ އޯޑިނަރީ ޕާސްޕޯޓުގައި އާޒަރުބައިޖާނަށް ދަތުރު ކުރާ ފަރާތްތަކަށް ވިސާނެތި ދަތުރު ކުރެވޭނެ ހުއްދަ އެ ގައުމުގެ ރައީސް އިލްހާމް އަލީޔެވް ދެއްވައިފި އެވެ.

އާޒަރުބައިޖާނު ގެ ލޯކަލް މީޑީއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ވިސާ އާ ނުލާ ދަތުރު ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުމަށް ބޭނުންވާ ގާނޫނު ރައީސް އަލީޔެވް ވަނީ ތަސްތީގު ކުރައްވާފަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ 2025 ސެޕްޓެމްބަރު 24 ވަނަ ދުވަހު، އެމެރިކާގެ ނިއު ޔޯކްގައި ކަމަށް News.Az އިން ރިޕޯޓުކޮށްފައިވެއެވެ.