މިއަހަރުގެ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކުލަގަދަ ކޮށް ފާހަގަ ކުރުމަށް، މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި، ކާއެއްޗެއްސާއި ކެއުމާ ގުޅޭ ކަންކަމެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ރަސްމީ ޕްރޮގްރާމު ގައި ކާބޯތަކެތީ މައުރަޒާއި، މަސްރޭހާއި، މަސްކެނޑުމާއި، ކެއްކުމުގެ މުބާރާތެއް ހިމެފައިވުމުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް ހިމެނެއެވެ.

އޭގެ އިތުރުން މަސްވެރިންގެ ގުންޒަރާއި ރަސްމީ ޖަލްސާ އެއް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރު ފަހަތައް ޖެހިފައިވާ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން އިތުރުވަމުންދާ އިރު މުއިއްޒު ސަރުކާރުގެ ތިންވަނަ އަހަރުގެ ދުވަސްތައް ވަނީ ގުނަން ފަށާފަ އެވެ.

ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަސް މި އަހަރު ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ.

ދުވާފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ޑިސެމްބަރު 10ން 13 ށް ދުވާފަރުގައި ކުރިއަށް ދާ ގޮތައް ހަމަޖެހިފައިވާއިރު، ރަސްމީ ޖަލްސާ އޮންނާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.