ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުން ތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރާ މުޒާހަރާ ކުރިއަށް ދާއިރު، މަސްވެރިން ބުނަމުންދަނީ ރައީސް މުޢިއްޒު އާއި މިނިސްޓާރު ޝިޔާމް ވަޑައިގެން މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައިދިނު އެދޭ ކަމަށެވެ.

އަަދި ބުރާސްފަތި ދުވަހު މެންދުރު 12 ގެ ކުރިން މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ނުލިބިއްޖެ ނަމަ އެއް ނަންބަރު ޖެޓީ އަށް މަސްވެރިން ވަންނަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ނިންމައިފަ އެވެ.

އިތުރު ތަފްސީލު އަންނަނީ...