އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ލޯގޯ އިފްތިތާޙު ކޮށްދެއްވީ، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙު ކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލީ، މިދިޔަ އޮކްޓޫބަރު މަހުގެ 14 ގައެވެ. ލޯގޯ ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގައި 22 ލޯގޯއެއް ވަނީ ހުށަހަޅާފައެވެ.
މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ލިބުނު ލޯގޯތައް ފަނޑިޔާރުން އިވެލުއޭޓުކުރުމަށްފަހު 10 ލޯގޯއެއް ޝޯޓުލިސްޓުކޮށް، އޭގެތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް ވޯޓަށް ހުޅުވާލުމަށްފަހު އާންމުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު ގަދަ 5 ލޯގޯ ޝޯޓު ލިސްޓްކުރިއެވެ. މިރޭ އިފްތިތާޙުކުރި ލޯގޯއަކީ، މީގެ ތެރެއިން ފާހަގަކޮށްލެވުނު ލޯގޯއެވެ.
އެއްވަނައަށް ހޮވާ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ރައީސް އިފްތިތާޙުކޮށްދެއްވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed