އިނގިރޭސި ޕްރިމިއަރ ލީގުގައި ސަންޑަރލޭންޑް އަތުންވެސް ޗެލްސީ ބަލިވެއްޖެއެވެ. ޗެލްސީގެ މައްޗަށް ސަންޑަރލޭންޑް ކުރި ހޯދީ 1-0 ނެވެ.

މެޗުން ސަންޑަރލޭންޑް މޮޅުކޮށްދިން ލަނޑު ޕެނަލްޓީ އަކުން ޖެހީ އެންޒޯ ލެ ފީ އެވެ. އޭނާ 36 ވަނަ މިނިޓްގައި ޕެނަލްޓީ ގޯލަށް ފޮނުވާލީ ޗެލްސީ ކީޕަރު މައިކް ޕެންޑާރސް ނުބައި ފަޅިއަށް ޑައިވް ކުރުވުމަށްފަހު އެވެ. އެކަމަކު ޕެނަލްޓީ ދިނުމަކީ މެޗުގެ ރެފްރީ ގިލެޓް ނިންމި ސުވާލު އުފެދޭ ނިންމުމެކެވެ.
ޗެލްސީ އަތުން ސަންޑަރލޭންޑް މިހޯދި މޮޅަކީ މިސީޒަންގައި ލީގުގައި އެޓީމްގެ ދެވަނަ މޮޅެވެ. އަދި އޮގަސްޓް މަހުގެ ފަހުން ފުރަތަމަ މޮޅެވެ. ހުރިހާ މުބާރާތްތަކެއް ހިމެނޭ ގޮތަށް މިސީޒަންގައި ސަންޑަރލޭންޑްގެ ހަ ވަނަ މޮޅެވެ. މިމެޗުން މޮޅުވިޔަސް ސަންޑަރލޭންޑް އޮތީ ތާވަލުގެ ފުލުގައި އޮތް ތިން ޓީމްގެ ތެރޭގައެވެ.

މިއީ ލީގުގައި އެންމެ ފަހުން ތިން މެޗުގެ ތެރެއިން ޗެލްސީ ބަލިވި ދެވަނަ މެޗެވެ. މެޗުގައި ޗެލްސީން 10 ޝޮޓް ނެގި ނަމަވެސް, ގޯލު ޖަހަން ހުސް ތަނަވަސްކުރެވުނު ފުރުޞަތުތައް މަދެވެ. ޗެލްސީ އޮތީ ފަސް ވަނައިގައެވެ. މެޗުން މޮޅުވެގެން ހަތަރު ވަނައަށް ޖެހިލުމުގެ ފުރުޞަތު އޮތެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ 2 ޕޮއިންޓްގެ ފަރަގެކެވެ.