ކުރިއަށް އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ކުޅުމަށް ހަމަޖެހިފައިވާ ޔުއޭފާ ނޭޝަންސް ލީގުގެ ދެމެޗަށް ބޭނުންވަނީ ހަމައެކަނި ތަޖްރިބާކާރު ކުޅުންތެރިންގެ މައްޗަށްއެކުލެވޭ ޓީމަކަށް ވުރެ ތަޖްރިބާކާރު ކުޅުންތެރިންނާއި ހުނަރުވެރި އައު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލަންކަމަށް ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުގެ ކޯޗު ޒިނެޑީން ޒިދާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ނޭޝަންސް ލީގުގައި އިޓަލީވިލާތާއި ތުރުކީޔޭ އާއި ދެކޮޅަށް ކުޅޭ ދެމެޗަށް އޭނާ އެކުލަވާލި ޓީމު އާންމު ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ. ޒިދާން ބުނީ އޭނާގެ ވިސްނުމުގައި ހުރީ ހަމައެކަނި ތަޖްރިބާކާރު ކުޅުންތެރިން ހިމެނުން ނޫން ކަމަށެވެ. މިފަހަރުގެ ޓީމުގައިވެސް އެހެންވެ އައު ކުޅުންތެރިންވެސް ހިމެނިފައިވާނެކަމަށް އޭނާ ހާމަކުރިއެވެ. ޒިދާން މިފަހަރު އެކުލަވާލި ޓީމުގައިވަނީ މީގެކުރިން ޤައުމީ ޓީމަށް ކުޅެފައިނުވާ ޕެރިސް އެފްސީގެ ފޯވަޑް ޕަބްލޯ ޕެގިސް ހިމަނާފައިވެއެވެ. މީގެއިތުރުން ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް އައުރޭލިއެން ޗޫމޭނީ އާއި އިބްރާހިމާ ކޮނާޓޭ އަދި މާކަސް ތުރާމްވެސްވަނީ މިފަހަރުގެ ޓީމުގައި ހިމަނާފައެވެ.
ޒިދާން ބުނީ އޭނާގެ ޓީމުން މިފަހަރު ޕެގިސް ފެންނަން ބޭނުން ކަމަށާއި ނަމަވެސް އޭނާއަށް މިފަހަރު ކުޅޭ 2 މެޗުގައި ފުރުސަތު ދެވޭނީ ކިހިނެތްތޯ އާމެދު އަދި ވަކިގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އޭނާއަށް ކިހާ ވަގުތެއް ކުޅެން ލިބޭތޯ މިދެ މެޗުން ފެނިގެންދާނެކަމަށްވެސް ޒިދާން ބުންޏެވެ. އަދި ކުރިން ލިބިގެންދިޔަ އިންޓަރޏޭޝަނަލް ބްރޭކާއި މިފަހަރު ތަފާތު ވާނެ ކަމަށާއި ހަފްތާއެއްގެ ތެރޭގައި ދެމެޗު ކުޅެން ޖެހެތީ މެޗުތަކަށް ތައްޔާރުވާން ލިބޭ ވަގުތު ކޮޅު މަދުވެފައި ކުރަން ޖެހޭ މަސައްކަތް ގިނަ ވާނެކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އެހެން ކަމުން ފަރަންސޭސި ޓީމު ތައްޔާރުވާނީ މިފަހަރު ކުޅޭ ދެމެޗު ކާމިޔާބު ކުރަން ޖެހޭނެކަމަށް ގަބޫލް ކުރެވޭ މަސައްކަތްތައް އެކަނި ކުރުމަށްކަމަށްވެސް ފަރަންސޭސި ކޯޗު ބުންޏެވެ.
ނޭޝަންސް ލީގުގައި މިފަހަރު ފަރަންސޭސިވިލާތް ކުޅޭ ދެ މެޗުގެ ތެރެއިން އިޓަލީވިލާތާއި ކުޅޭ މެޗު އެއްވަރު ކޮށްލައިގެން މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް އެޓީމަށް ކަށަވަރު ކުރެވިގެންދާނެއެވެ.
ބޭނުންވަނީ ތަޖުރިބާކާރު، ހުނަރުވެރި އައު ކުޅުންތެރިންގެ ޓީމެއް: ޒިދާން
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed